

.jpg?w=3840&q=75)





ގެއްލިގެން ހޯދަމުންދާ އާދަމް އިކްރާމް- ފޮޓޯ: ފުލުހުން
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހޯދަމުންދަނީ ޢާލިޔާ/ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) ކަމަށެވެ.
ފުލުހުން ބުނީ އާދަމް އިކްރާމް އިއްޔެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ވަނީމިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.


.jpg?w=3840&q=75)




