
.jpg?w=3840&q=75)





ކާރިސީ ހިރާސް ކުޑަކޮށް ވިލުންތެރިކަން އިތުރުކުރުމަށް އއ.ބޮޑުފޮޅުދޫގައި ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ބޮޑުފޮޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން އެއް ދުވަހުގެ ސެޝަންގައި 30 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ.
އެންޑީއެމްއޭ އިން ބުނީ މި ސެޝަނުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، ކާރިސާތަކުގެ ހާލަތުގައި އަމަލުކުރާނެ ގޮތާއި އެންޑީއެމްއޭ އަށް ރިޕޯޓްކުރާނެ ގޮތާއި ގުޅޭ މައުލޫމާތު ދީފައިވާއިވާ ކަމަށެވެ.
ދިފާއީ އަދި ވަތަނީ ހިދުމަތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާ ވަނީ ބޮޑުފޮޅުދޫ ކައުންސިލް އިދާރާއިން އިސްނަގައިގެން މިފަދަ ކަމެއް އިންތިޒާމު ކުރީތީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށުގައިވެސް އެންޑީއެމްއޭއިން މިފަދަ ސެޝަންތައް ކުރިއަށް ގެންދާނެކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެންޑީއެމްއޭއިން ބުނީ މި ސެޝަނަކީ "އިންޓަނޭޝަނަލް ޑިޒާސްޓާ ރިކްސް ރިޑަކްޝަން ޑޭ" ފާހަގަކުރުމަށް ބޭއްވި ސެޝަނެއް ކަމަށެވެ. އަދި ރަށްރަށުގެ ވިލުންތެރިކަން އިތުރު ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުތައް ރަށްރަށުގައި ހިންގުމަށް ޑިޒާސްޓަރ މެނޭޖުމެންޓް ޕްލޭންތައް އެކުލާވާލުމުގެ މަސައްކަތްތަކާއި، ކާރިސާތަކުގައި ހަރަކާތްތެރިވާނެ ޓީމުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެއިތުރުން ކާރިސީ ހިރާސް ކުޑަކޮށް ވިލުންތެރިކަން އިތުރުކުރުމާއި، ހާދިސާ އާއި ކާރިސާގެ ހާލަތުގައިި އަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށާއި، ކާރިސާއެއް ނުވަތަ ހާދިސާއެއްގެ ހާލަތުގައި އަމަލުކުރާނެ ގޮތާއި ރިޕޯޓިން ޕޯޓިން "ދާލަ"އިގެ މައުލޫމާތުވެސް ހިއްސާ ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

.jpg?w=3840&q=75)



