
.jpg?w=3840&q=75)




.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=2048&q=75)
ކަސްޓަމްސް އިދާރާ
ޕޯސްޓު އަދި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2123 ގްރާމް ނުވަތަ 2.1 ކިލޯ ހުރި ކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުންޏެވސ. މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މީގެއިތުރުން ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ އައި ޕެކޭޖެއްގެ ތެރެއިންވެސް ކަސްޓަމްސްއިން މަސްތުވާތަކެތި ހޯދާ އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، 31 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ޕެކޭޖުގަ ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ. މި ޕެކޭޖުގައިވެސް އައިސްފައިވަނީ، ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ފާހަގަކުރި އެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)


