
.jpg?w=3840&q=75)


މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މި އަހަރުގެ 4 ވަނަ ބޭސިކް މެރިކަލްޗާ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޝަރަފްވެރިކޮށްދެއްވައިފި އެވެ.
މިނިސްޓްރީން ބުނީ ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި 31 އޮކްޓޯބަރ އިން 12 ނޮވެމްބަރ 2026 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 09 އަތޮޅަކުން 11 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް މިނިސްޓަރު ޝިޔާމް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.
HW7PK1lbcAAKvjA.jfif
ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

.jpg?w=3840&q=75)


