ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ބޮޑުވަޒީރު ޑރ.މުހައްމަދު މުސްޠަފާއާއެކު ބޭއްވި މި ބައްދަލުވުން ބާއްވާފައިވަނީ ކޮޕް-31ވަނަ ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްޠީނާ މެދު ދިވެހިރާއްޖެއިން ބާއްވަމުންދާ ގާތްކަމާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވަލާ ގޮވާލުމާއި ގާތްކަމާއި އަޙުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމާއި، ރައްޔިތުންނަށް އަބުރުވެރި އިންސާފުވެރި ދިރިއުޅުމަކަށް އަބަދުވެސް އެދިވަޑައިގަންނަވާކަން ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައިކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަކާލާތުކުރުމުގައި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.
ރައީސް ވަނީ ތަކުރާރުކޮށް ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދޭންޖެހޭނެ ރައީސް ކަމަށްވެސް ވިދާޅުވި އެވެ.



.jpg?w=3840&q=75)

.jpg?w=3840&q=75)

