
.jpg?w=3840&q=75)


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ އެލެކްޒެންޑާ ޑި ކްރޫއާ ބައްދަލުކުރައްވައިފި އެވެ.
ކޮޕް-31 ވަނަ ސަމިޓްގެ ހަވާސާގެ ތެރެއިން މި ބައްދަލްކުރެއްވުން ކުރިއަށްގެންދެވިއިރު، މި ބައްދަލުކުރެއްވުމުގައި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ގުޅިގެން ކުރިއަށްގެންދެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ހާއްސަކޮށް ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއި، އެއްބާރުލުން އިތުރުކޮށް ގުޅިގެން ކުރިއަށްގެންދެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވި އެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި އ.ދ އިން ދިވެހިރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމާއި މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި ދެ ބޭފުޅުންވެސް މި ގުޅުން އިތުރަށް ދަމަހައްޓާ ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެގޮތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުއްވާފައިވެ އެވެ.



.jpg?w=3840&q=75)