







މަސްވެރިން
46 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
"މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުން ދިވެހިބަހުގެ އެކަޑަމީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ބަސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން <https://tinyurl.com/MasveriBahus> މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭ ތަކެއްޗާ އެކު މި އަންނަ މަހުގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މުބާރާތުގެ ގަވައިދު އިއުލާނާއެކު މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑްކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އިތުރު މައުލޫމާތު ހޯއްދަވަން ބޭނުން ފަރާތްތަކުން 3339223 އަދި 3339272އާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.






