.jpg?w=3840&q=75)





ގދ.ފިޔޯރީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފަ- ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ފިޔޯރީއަށް ބޯކޮށްވާރޭވެހި، 90 އިންސައްތަ ގެޔަށް ފެން ވަދެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ ރޭ ދަންވަރު 1:30 އިން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.
ނަމަވެސް އެއްވެސް ގެޔަކަށް ބޮޑު ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެފައިނުވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.މީގެއިތުރުން އެންޑީއެމްއޭ އިން ބުނީ މިވަގުތު ރަށު ކައުންސިލުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފިޔޯރީ ކައުންސިލާ ގުޅިގެން އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނައިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓުން ވަނީ ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ.
.jpg?w=3840&q=75)


