






ނޮޅިވަރަމަށް ފެން ވަދެ ގެއްލުންވެފައިވާ ގެއެއް- ފޮޓޯ: އެންޑީއެމްއޭ
މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް އަދިވެސް ކޮށްފައިވަނީ ހދ.ނޮޅިވަރަމް އަދި ޅ. ނައިފަރަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭ އިން މި ވިއްސާރައިގެ ސަބަބުން ގެއްލުންވި ރަށްތަކާއި ގެތަކުގެ އަދާހަމަ ހިއްސާކޮށްފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ ހދ.ކުޅުދުއްފުށީ އަށް ލިބުނު ގެއްލުންތަކުގެ ތެރެއިން ކުޅުދުއްފުށި ފެން ހިންދުން މެދުކަނޑާލައި މިވަގުތު ހާލަތު ކޮންޓްރޯލް ކުރެވިފައިވާއިރު، އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުނުވިނަމަވެސް 2 ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ނޮވިރަންފަރަށް ވާރޭ ހުއްޓާލުމުން ބޮޑު ސަރަހައްދަކުން ފެން ހިނދައި، ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންމެ ބޮޑު ގެއްލުމެއް އަދިވެސް ކޮށްފައިވަނީ ނޮޅިވަރަމަށްކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި 2 ޕަންޕާއި 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރި އެވެ.
މީގެއިތުރުން ދެން ގެއްލުންވި ނައިފަރަށް ބޯކޮށް ވާރޭވެހުނު ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން ހިނދިފައިވާ ކަމަށެވެ. އަދި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މިހާރު ރާއްޖެއަށްކުރަމުންދާ ވިއްސާރާގައި އެކި ހިސާބުތަކަށް އެލާޓްތައް ނެރެމުންދާއިރު، ބައިވަރު ހިސާބުތަކަށް ދަނީ ވިއްސާރައިގެ ސަބަބުން ގެއްލުންވަމުންނެވެ.






