








-
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި މާސްޓަރ ޑެންޓަލް ކެއާ (އެމްޑީސީ) އިން ބައިވެރިވެ، ޢާންމުންނަށް ޚާއްޞަ ގިނަ ފުރުޞަތުތަކަކާއި އިނާމުތަކެއް ހުށަހަޅައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި އެކްސްޕޯގައި މާސްޓަރ ޑެންޓަލް ކެއާގެ ސްޓޯލް ހުޅުވިފައި ހުންނާނީ 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.
މި އެކްސްޕޯގެ ތެރެއިން އެމްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތްތައް ޗެކްކޮށްލަން ވައުޗާތައް ދޫކުރުމުގެ އިތުރުން، ދަތުގެ ޞިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ކޮފީއަކާއިއެކު ޑެންޓިސްޓުންނާ ވާހަކަދައްކާލައި މަޢުލޫމާތު އޮޅުންފިލުވުމުގެ ޚާއްޞަ ސެޝަންތަކެއްވެސް އެ ސްޓޯލުގައި ކުރިއަށްދާނެއެވެ.
އެމްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ސްޕިން އެންޑް ވިން" ގެ ނަމުގައި ލަކީ ޑްރޯއެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މި ހަރަކާތުގެ ތެރެއިން ދަތުގެ ފަރުވާއިން %20 އިން ފެށިގެން %75 އާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއި އަގުހުރި ޚާއްޞަ ހަދިޔާތައް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.








