-1791455226200.jpeg?w=3840&q=75)








މާސްޓަރ ޑެންޓަލް ކެއާއިން "އެލައިން މާސްޓަރ" އެލައިނާރ ތައާރަފްކުރުން:- ފޮޓޯ| ރީހާން
ރާއްޖޭގެ ދަތުގެ ފަރުވާގެ ދާއިރާގައި ފުންނާބުއުސް، އިތުބާރު ހޯދާފައިވާ މާސްޓަރ ޑެންޓަލް ކެއަރއިން، ދަތްތައް އެއްވަރުކޮށް ސީދާކުރުމަށްޓަކައި ރާއްޖޭގައި އުފައްދާ އެންމެ ފުރަތަމަ ކްލިއަރ އެލައިނަރ ބްރޭންޑް ކަމަށްވާ "އެލައިންމާސްޓަރ" ރަސްމީކޮށް ބާޒާރަށް ތަޢާރަފުކޮށް، ދަތުގެ ފަރުވާއަށް ތާރީޚީ އިންޤިލާބީ ބަދަލެއް ގެނެސްދީފިއެވެ.
ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދުޅަހެޔޮ އަދި އިތުބާރުހުރި ހިނިތުންވުމެއް ހޯދައިދިނުމުގައި ދެމިއޮތް މާސްޓަރ ޑެންޓަލް ކެއަރއިން، މުޅި ރާއްޖޭގައި ހިންގަމުން އަންނަ ހަތަރު ކްލިނިކާއި، ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމު އަދި އަމިއްލަ ޑެންޓަލް ލެބޯޓަރީގެ އެހީގައި ފެށި މި އައު ޚިދުމަތަކީ ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ފަރުމާކުރެވޭ މުޅިން ތަފާތު ތަޖުރިބާއެކެވެ.
"އެލައިންމާސްޓަރ" އަކީ ދަތްތައް ސީދާކުރުމަށް ޒަމާނުއްސުރެ އަޅަމުން އަންނަ ނަރުގަނޑުގެ ބަދަލުގައި ބޭނުންކުރެވޭ، އަދި ބޭނުންކުރާއިރު އެހެން މީހުންނަށް ފާހަގަނުވާ ވަރަށް ސާފު ކްލިއަރ އެލައިނަރ ހައްލެކެވެ.
.jpg?w=3840&q=75)
މާސްޓަރ ޑެންޓަލް ކެއާއިން "އެލައިން މާސްޓަރ" އެލައިނާރ ތައާރަފްކުރުން:- ފޮޓޯ| ރީހާން
މި އުފެއްދުން އެހެން ހުރިހާ ފަރުވާތަކާ ތަފާތުވަނީ މިއީ ދިވެހިރާއްޖޭގައި، މާސްޓަރ ޑެންޓަލް ކެއަރގެ އަމިއްލަ ޒަމާނީ ލެބޯޓަރީގައި އުފައްދާ ފުރިހަމަ ދިވެހި އުފެއްދުމަކަށް ވާތީއެވެ. ކޮންމެ ބަލިމީހެއްގެ ފަރުވާގެ ޕްލޭން ތަޖުރިބާކާރު އޯތޯޑޮންޓިސްޓުންގެ ބެލުމުގެ ދަށުން އެކުލަވާލައި މޮނީޓަރ ކުރެވެމުންދާއިރު، އެލައިނަރތައް ތައްޔާރުކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ހުނަރުވެރި ޑެންޓަލް ޓެކްނީޝަނުންގެ ފަންނީ ބެލުމުގެ ދަށުންނެވެ.
މި އައު އުފެއްދުމާއެކު މީގެކުރިން ދިވެހިން ތަޙައްމަލުކުރަން ޖެހުނު އެންމެ ބޮޑު އެއް ތަކުލީފު ކަމުގައިވާ، ބޭރު ޤައުމުތަކަށް ދަތުގެ މިންތައް ފޮނުވައިގެން އެލައިނަރ ލިބެންދެން ހަފްތާތަކާއި މަސްތަކަށް އިންތިޒާރުކުރަންޖެހޭ ޖެހުމަށް މިވަނީ ދާއިމީ ނިމުމެއް އައިސްފައެވެ. އެލައިނަރ އުފެއްދުމުގެ ހުރިހާ މަރުޙަލާއެއް ރާއްޖޭގެއި ކުރިއަށްދާތީ، އެއްވެސް ލަސްވުމެއްނެތި، އިންތިހާއަށް އަވަސް ޚިދުމަތަކާއެކު ފަރުވާ ފެށުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ.
މީގެއިތުރުން، މިއީ ރާއްޖޭގައި އުފައްދާ އުފެއްދުމަކަށް ވާތީ، މީގެކުރިން ބޮޑު ޚަރަދެއް ހިނގި މި ފަރުވާ، ގިނަ ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަދި ފަސޭހަކަމާއެކު ލިބިގަތުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
.jpg?w=3840&q=75)
މާސްޓަރ ޑެންޓަލް ކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޙުމަދު ސަލީމު
މާސްޓަރ ޑެންޓަލް ކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޙުމަދު ސަލީމު ވިދާޅުވީ، "އެލައިންމާސްޓަރ" އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، އެލައިނަރގެ ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ކްލިއަރ-އެލައިނަރގެ އަވަސް ފަރުވާ ފަސޭހަކަމާއެކު އަދި ހެޔޮ އަގެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މެނޭޖިންގ ޑިރެކްޓަރ ޑރ. އަޙުމަދު ސަލީމު އިތުރަށް ވިދާޅުވީ، އެލައިންމާސްޓަރ ތަޢާރަފު ކުރުމަކީ، ދަތުގެ ފަރުވާގެ ދާއިރާގައި، މާސްޓަރ ޑެންޓަލް ކެއަރ އިން ދެމުންދާ ޚިދުމަތުގެ 15 އަހަރުގެ މި ދަތުރުގައި ޙާޞިލު ކުރި ވަރަށް މުހިންމު ކާމިޔާބީއެއްކަމުގައެވެ. އަދި މިއީ، ޓެކްނޮލޮޖީއާއި، ޒަމާނީ ދަތުގެ ފަރުވާއަށް މި ކުންފުނިން ކުރަމުންދާ އިތުބާރު ހުރި އިންވެސްޓްމަންޓްތަކުގެ ހެއްކެއް ކަމުގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ސްމައިލް އާރކިޓެކްޓް، ޑރ. އަޙުމަދު ސަލީމު، މި އެލައިނަރ ބްރޭނޑް ސިފަކޮށްދެއްވަނީ، "ދިވެހިރާއްޖޭގައި ހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެލައިންމާސްޓަރ" ގެ ގޮތުގައެވެ.
މާސްޓަރ ޑެންޓަލް ކެއަރއިން ބުނާ ގޮތުގައި "އެލައިންމާސްޓަރ" އަކީ ހަމައެކަނި ދަތްތައް ސީދާކޮށްލުމަށް ދެވޭ ފަރުވާއެއް ނޫނެވެ؛ މިއީ ޤައުމީ ފެންވަރުގައި ދަތުގެ ޞިއްޙަތު ކުރިއެރުވުމަށް އެޅުނު އައު ބިންގަލެކެވެ. ފަރުވާ ރޭވުމުން ފެށިގެން އެލައިނަރ އުފެއްދުމާ ހަމައަށް ހުރިހާ ކަމެއް ރާއްޖޭގެ ހުނަރާއި ޒަމާނީ ޓެކްނޮލޮޖީ ގުޅުވާލައިގެން ގެނެސްދެވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަމިއްލަވަންތަކަމާއި އިތުބާރާއެކު ފަރުވާ ހޯދުމަށް ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައި މާސްޓަރ ޑެންޓަލް ކެއާއިން ބުނެއެވެ.
އެއްވެސް އުނދަގުލަކާ ނުލައި، އެންމެ ޒަމާނީ ފެންވަރުގައި ރީތި ހިނިތުންވުމެއް ބޭނުންވާ ފަރާތްތަކަށް މާސްޓަރ ޑެންޓަލް ކެއަރގެ ހުރިހާ ކްލިނިކަކުންވެސް މިހާރު މި ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
-1791455226200.jpeg?w=3840&q=75)







.jpg?w=3840&q=75)