
ކޯސްޓްގާޑު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން ހަދައިފި އެވެ.
29 އޮކްޓޯބަރު 2026 އިން 5 ނޮވެންބަރު 2026 އަށް ހިނގި ހާދިސާތަކުގެ ރިޕޯޓަށް ބަލާއިރު، މި މުއްދަތުގައި މުޅި ޖުމްލަ 88 މެޑިކަލް އިވެކުއޭޝަނެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެ އެވެ.
މި ދުވަސްތަކުގައި ކޯސްޓުގާޑުގެ 1st ސްކޮޓްރަންގެ 54 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، ކޯސްޓުގާޑުގެ 2nd ސްކޮޓްރަންގެ 8 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވި އެވެ. އަދި 3rd ސްކޮޓްރަންގެ 14 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، 4th ސްކޮޓްރަންގެ 12 ހާދިސާއަކަަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، ސީއެންބިއުލާންސްއިން އެއްވެސް ހާދިސާއަކަަށް ހަރަކާތްތެރިވެފައިނުވެ އެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ސީ އެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.


.jpg?w=3840&q=75)









