
-
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރޭ "ޤައުމީ ލަވަ އަލްބަމް"، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރެދެއްވައިފިއެވެ.
މި ލަވަ އަލްބަމް ނެރެދެއްވީ ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޚާއްޞަ ޖަލްސާގައެވެ. ދިވެހީންގެ މެދުގައި ޤައުމީ ރޫޙާއި ލޯބި ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، 2002 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ނެރެމުން އަންނަ މި އަލްބަމްގެ މި އަހަރުގެ ތީމަކީ 'ޤައުމު' އެވެ.
ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ތާރީޚީ ކާމިޔާބީތަކުގެ އިތުރުން ޤައުމީ އަބްޠާލުންގެ ޖިހާދު ރަމްޒުކޮށްދޭ ޖުމްލަ 7 ލަވަ ހިމެނޭ މި އަލްބަމްގައި ހިމެނެނީ ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނާނުންގެ ހުށަހެޅުންތަކެވެ.
މި އަލްބަމްގެ ޅެންތައް ހައްދަވައިދެއްވި ބޭފުޅުންނާއި ލަވަތަކަކީ:
މި އަލްބަމްގެ ރާގުތައް ހެއްދެވީ ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، އަދި ކޯޕްރަލް ޝާމިލް މުޙައްމަދު ދީދީއެވެ. އަދި ލަވަތަކުގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ.
މީގެއިތުރުން، ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ އިތުރުން މުޙައްމަދު ޢާޒިމް އަދި ރަޢީފް ފަތުޙީއެވެ. މި އަލްބަމްގެ އޯޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުރިއިރު، ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.


%20(4).jpeg?w=3840&q=75)




%20(4).jpeg?w=3840&q=75)



