






އދ.ދަނގެތީގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަން ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މި މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.
މި މަޝްރޫއުގެ ދަށުން ބައެއް އަތޮޅުތަކުގައި ފިއުލް ސްޓޭޝަން ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު ބައެއް ރަށްރަށުގައި ފިއުލް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް އެފްއެސްއެމް އިން އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި، އަތޮޅުތަކުން މި ހިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރު ނޮވެންބަރުގެ ކުރިން ގާއިމްކޮށް ނިންމާލުމެވެ.


