


.jpeg?w=3840&q=75)





ހަވާއެރުވުން
ހުޅުމާލެ 3ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.އެމްއެންޑީއެފުން ބުނީ މިރޭ 10:00އާއި 11:30އާ ދެމެދުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 3 ގައި ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށެވެ.އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.
ހަވާ އަރުވަނީ ވިޔަފާރި އުސޫލުން އެމްއެންޑީއެފްގެ ވިޔަފާރި ކުންފުނި ސިފްކޯއިންނެވެ.
ހަވާއެރުވުމުގައި ހަރަކާތްތެރިވާނީ ތަޖުރިބާއާއި ތަމްރީން ލިބިފައިވާ ސިފައިންގެ ބޭކަލުންނެވެ.