


.jpg?w=3840&q=75)





މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގދ. އަތޮޅުން ގއ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މި ހިސާބުތަކަށް މިރޭ 22:00 އިން ފެށިގެން 01:30 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި މެޓުން ވަނީ 02:00 އާއި ހަމައާށް ލ.އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ބުނެފައިވަނީ ކުރިއަށް އޮތް 5 ދުވަހުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށެވެ.

.jpeg?w=3840&q=75)




.jpg?w=3840&q=75)
