
.jpeg?w=3840&q=75)





.jpg?w=3840&q=75)
.jpeg?w=3840&q=75)
މޫސުން
ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވި ނަމަވެސް، ބައެއް ރަށްތަކަށް ކުޑަކޮށް ވާރޭވެހި، ކެރީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމީ މާބޮޑު ނުރައްކަލެއް ނެތް ކަމަށް ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

.jpeg?w=3840&q=75)


