


.jpg?w=3840&q=75)





ބޯކޮށް ވާރޭވެހި ގއ. ކޮލަމާފުށީގެ 45 ގެއަކަށް ފެން ވަދެއްޖެއެވެ.
ހުއްޓުމެއް ނެތި އެ ރަށަށް ވާރޭ ވެހެމުންދާއިރު މަގުތަކުގައި ފެންހެދި މީހުން ދިރިއުޅޭ ގޭގެއަށް ފެންވަދެ، ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ފެނުގެ އަސަރުކޮށްފައެވެ. ބައެއް ގޭގޭގައި ނިދޭނެ ގޮތް ނެތް އިރު، ބައެއް އާއިލާތަށް ތިބީ ވަރަށް ހާލުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ ރަށަށް ވާރޭ ވެހެން ފަށާފައި ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު، މެންދުރު ފަހުގެ ވަގުތެއްގައެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ މިރޭގެ 2:00އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރަނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.
އިތުރު ތަފްސީލް އަންނަނީ...



.jpg?w=3840&q=75)
