



.jpg?w=3840&q=75)
.jpeg?w=3840&q=75)



ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ނިންމާފަައިވާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ހެޑް އޮފީސް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
14 ފަންގިފިލާއަށް ތަރައްގީކުރާ މި އިމާރާތުގައި ކާރުތަކާއި ސައިކަލުތައް ޕާކުކުރުމަށް ހާއްސަ ޖާގައެއް އޮންނާނެ އެވެ.
ބީއެމްއެލް އިން އާންމުކުރި އިއުލާނެއްގައި ވަނީ އާ އިމާރާތް ތަރައްގީކުރުމަށް 2،648.40 އަކަމީޓަރުގެ ބިމެއް ހަމަޖައްސާފައިވާއިރު،އިމާރާތުގެ ދިގު މިނުގައި 60 މީޓަރު، އިމާރާތުގައި ބޭސްމެންޓު ލެވެލްގެ 2 ފްލޯ އިންނާނެއެވެ. އަދި އިމާރާތުގެ އެންމެ ތިރީ ފްލޯ ހާއްސަކޮށްފައިވަނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށާއި، ރީޓެއިލް އަދި ސްޓާފުންނަށް ބޭނުންވާ އެކި ކަންކަމަށެވެ. މި އިމާރާތުގައި ސައިކަލް ޕާކް ކުރުމަށް 400 ޖާގަ އަދި ކާރު ޕާކު ކުރުމަށް މަދުވެގެން 65 ޖާގަ ހުންނާނެ އެވެ.
މީގެއިތުރުން އިމާރާތުގެ 12 ވަނަ ފަންގިފިލާގައި ޓެރަހެއް ހުންނައިރު، 13 އަދި 14 ވަނަ ފަންގިފިލާ ހާއްސަ ކުރަނީ އެގްޒެކެޓިވް ފްލޯތަކުގެގޮތުގައެވެ.އަދި އެންމެ މުހިންމު ކަމަށް މި އިމާރާތަކޟ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްޓަކައި އިމާރާތުގެ އެންމެ މަތީގައި ސޯލާ ފާމެއް ތަރައްޤީކުރުމަށް ރާވާފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އާ ހެޑް އޮފީސް އިމާރާތްކުރުމަށް ފައިސާ ހަމަޖެއްސުމުގައި އެންމެ ބޮޑު އިސްކަންދެނީ ޑޮލަރުންކަމަށްވާއިރު، މި މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކުރާ ފަރާތުން ފައިނޭންސިން ހޯދައިދެވޭނެ ކަމަށާއި، ނުވަތަ ބޭންކެއް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް ފައިނޭންސިން ހޯދޭނެ ކަމަށެވެ.
ބީއެމްއެލްގެ މިންގަނޑުތަކާއި ލިޔެކިޔުންތައް ބެލެެހެއްޓުމުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް، ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އާރްއެފްޕީ މަރުޙަލާގައި ކޮންސެޕްޓް ޑިޒައިނާއި މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށް ބީއެމްއެލް ނެރިފައިވާ އިއުލާނުގައިވެ އެވެ.
މި އިއުލާނުގައި އެންމެ ބޮޑު ކަމަކަށް ފާހަގަކޮށްފައިވަނީ ޝައުޤުވެރިކަން ފާޅުކުރާ މަރުޙަލާގައި، މަޝްރޫޢަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ޤާބިލުކަމާއި ފައިސާ ހޯދާނެ މަޞްދަރުތަކުގެ ޚުލާޞާއެއް ހުށަހަޅަންވާނެކަމަށެވެ. އަދި ފައިނޭންސިންގއާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް، އެއީ ލޯނުގެ އަދަދު، މުއްދަތު، ގްރޭސް ޕީރިއަޑް، އަގު (ޕްރައިސިންގ)، އަނބުރާ ދައްކާނެ ގޮތް، ރަހުނު އަދި އެހެނިހެން ޝަރުޠުތައް ހުށަހަޅަންޖެހޭނީ އާރްއެފްޕީ މަރުޙަލާގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެނެމެފަހުގެ ތާރިހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ބީއެމްއެލްގެ މައި އޮފީސް ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައި ހިންގާއިރު، ޒަމާނަށް އަންނަ ބަދަލުތަކާއެކު ބޭންކުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.




.jpg?w=3840&q=75)



