.jpg?w=3840&q=75)





%20(1).jpeg?w=3840&q=75)

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ނަގަންޖެހޭނީ ޔޫކްރެއިނުން ކަމަަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވެފައި މިވަނީ ތެޔޮ ސާފުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ސަޕްލައި ދަށްވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އިންތިހާއަށް އުފުލި، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕު ވިދާޅުވެފައިވަނީ ޑީސަލް ލިބުން ދަތިވެ، އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކަމަށެވެ. އަދި އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވަނީ ރަޝިޔާގެ މިފަދަ މުހިންމު ތަންތަނަށް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ގޮވާލައްވާފައެވެ.
ހަކަތައިގެ މި ކާރިސާއަކީ ހަމައެކަނި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފައިވާއިރު، ރަޝިޔާގެ ކާރުޚާނާތަކަށް ޔޫކްރެއިނުން ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ މަސްރަހު އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ.
ޔޫރަޕާއި މެދުއިރުމަތީގެ ދިގުދެމިގެންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ އެކި ގައުމުތަކުގެ ސަރުކާރުތަކުންނާއި ހަކަތައިގެ ވިޔަފާރިވެރިން އަންނަނީ ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
.jpg?w=3840&q=75)



