ގއ އަދި ގދ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ހިދުމަތާއި ރަސްމީކޮށް ހަވާލުވެ މިހާރު ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ސްޓެލްކޯގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުންކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާރުވެސް ސްޓެލްކޯއިން ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީގެ ކަރަންޓު ހިދުމަތާއި ހަވާލުވެފައިވާއިރު، ރަށްރަށުގެ ހިދުމަތްތަކާއިވެސް ދަނީ ހަވާލުވަމުންނެވެ.








.jpeg?w=3840&q=75)
