







ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ރަސްމީ ވެބްސައިޓް އަލުން ޑިޒައިންކޮށް، ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން މި ފުރުސަތު ހުޅުވާލައި އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިއުލާނުގައިވަނީ މި މަސައްކަތަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ އަންގާރަދުވަހުގެ މެންދުރު 2 ގެ ކުރިން އީއޯއައި ފޯމް ފުރިހަމަކޮށް އަށް ހުށަހެޅުމަށެވެ.
މީގެއިތުރުން އައިލެންޑް އޭވިއޭޝަނުން ބުނީ މިކަމަށް ޝައުގުވެރިކަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް ހުށަހެޅުމަށް ފުރުސަތު ދޭނީ މުއްދަތުގެ ކުރިން އީއޯއައި ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއީ ފޯމާއި އިތުރު މައުލޫމާތު އެ ކުންފުނިން ކޮށްފައިވާ ގެޒެޓްގެ އިއުލާނުގައި ހިމަނާފައިވެ އެވެ.



