


.jpeg?w=3840&q=75)


.jpeg?w=3840&q=75)

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައެވެ.
އެވޯޑުތަކަށް އެދި ހުޅުވާލާފައިވަނީ:
މި ހަތަރު އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.



.jpeg?w=3840&q=75)