




.png?w=3840&q=75)



އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤަށް، މި މައްސަލައިގެ ތުހުމަތުގައި 9 ދިވެހި ފިރިހެނުން ހައްޔަރުކޮށްފި އެވެ. މާލެއިން ޚާއްޞަ ޓީމެއް އެ ރަށަށް ފޮނުވައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 9 ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މާލެއިން ފޮނުވި ޚާއްޞަ އިންވެސްޓިގޭޝަން ޓީމެއް މިހާރު ދަނީ އެ ރަށުގައި ޢަމަލީގޮތުން ޙަރަކާތްތެރިވަމުންނެވެ.







.jpeg?w=3840&q=75)
