

.jpeg?w=3840&q=75)



.jpeg?w=3840&q=75)
އައްޑޫ މީދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒު މިިނިސްޓަރު ޝިޔާމް ހުޅުއްވައިދެއްވުން- ފޮޓޯ: މިނިސްޓްރީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން އައްޑޫ މީދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސް މިނިސްޓަރު އަހްމަދު ޝިޔާމް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން ބޭއްވި މި މައުރަޒު ހުޅުވައިދެއްވި ރަސްމިއްޔާތުގައި އެގްރޯނެޓްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޞިނާންވެސް ބައިވެރިވަޑައިގެންނެވި އެވެ.
މިނިސްޓްރިީން ބުނީ މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ރަށު ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުން ކަމަށެވެ. އަދި މި މައުރަޒުގެ ތެރެއިން އައްޑޫގެ ގިނަ އަދަދެއްގެ އުފެއްދުންތައް ދައްކާލުމަށްވެސް ހަމަޖެހިފައިވެ އެވެ.
މި މައުރަޒާއި ގުޅިގެން މީދޫ ކައުންސިލުން ބުނީ މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމާއެކު އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމުގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.


.jpeg?w=3840&q=75)



