



.jpeg?w=3840&q=75)
.jpg?w=3840&q=75)



ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާ އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެއިތުރުން ހުކުރު ހޮނިހިރު ދުވަހު ވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ، 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން އަތޮޅުތަކަށް ވައި ޖެހޭނީ 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ބުނެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކަށް އެކި ސަމާލު ވެސް އެކި ވަގުތުތަކުގައި ދަނީ ނެރެމުންނެވެ.




.jpeg?w=3840&q=75)