.jpg?w=3840&q=75)




މެޑަމް ސާޖިދާ ޕާކިސްތާނުގެ ހެލްތް އިންސްޓިޓިއުޓަށް ޒިޔާރަތްކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައިފި އެވެ.
މެޑަމް ސާޖިދާ އެތަނަށް ޒިޔާރަތްކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަަށް ރައީސްގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ އަނބިކަނބަލުން ޕާކިސްތާނުގެ ހެލްތް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބައްލަވާލައްވާފައިވާއިރު، ސިއްހީ ދާއިރާއިން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ ދިރާސާތައްވެސް ބައްލަވާލައްވާފައިވެ އެވެ.
HVJWURyaEAA9yK4.jfif
1965 ވަނަ އަހަރު ހުޅުވި ޕާކިސްތާނުގެ ހެލްތް އިންސްޓިޓިއުޓަކީ އެ ގައުމުގެ ސިއްހީ ދާއިރާގެ އެންމެ އިސް މުއައްސަސާ އެވެ. އަދި މި މަރުކަޒުގަައި އެ ގައުމުގައި ބަލިތައް ފެތުރޭ މިންވަރު ބެލުމާއި، ވެކްސިން އުފެއްދުމާއި، ބަލިތައް ދެނެގަތުމުގެ ހިދުމަތް ދިނުމާއި، ސިއްހީ ދާއިރާއިން ދިރާސާކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.
.jpg?w=3840&q=75)

