.jpg?w=3840&q=75)




.jpg?w=3840&q=75)
ވާރޭވެހިފައިވާ ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މި ސަމާލު ނެރިފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 21:00 އަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މިދުވަސްކޮޅު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓުން ދަނީ އެކި ހިސާބުތަކަށް އެލާޓްތައް ނެރުމުންނެވެ.
.jpg?w=3840&q=75)
