






ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯގެ މަގާމުން ހިސާން ހަސަން ވަކިކޮށްފިއެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން އެންޑީއެމްއޭގެ އޮފިޝަލަކު ޔަގީންކޮށްދިން ނަމަވެސް ސީދާ ސަބަބު ސާފުވާގޮތެއް ނުވެއެވެ.
ހިސާން އަކީ 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ފުރަތަމަ އުފެއްދިއިރު، އެ ސެންޓަރުގައި މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭރު މަސައްކަތް ކުރެއްވީ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުން 2011 ގައި ސިފައިންގެއިން ވަކިވެ އެ ސެންޓަރުގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ ވަނީ ހަވާލުވެވަޑައިގަންފައެވެ.
އޭގެފަހުން ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދިއިރު އޭނާ ހުންނެވީ އެތަނުގެ ސީއީއޯގެ މަގާމުގައެވެ.





