





.jpg?w=3840&q=75)


ގަވާއިދާ ޚިލާފަށް ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފިޔަވަޅު އަޅާފައިވަނީ "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އާ ދެކޮޅަށެވެ.
އެމްއެމްއޭ އިން ވަނީ އެ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެ ތަނަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް މިއަދުން ފެށިގެން ވަގުތީ ގޮތުން ހިފަހައްޓާފައެވެ.
މި ފިޔަވަޅާއެކު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ މާރުކުރުމާއި ގަނެވިއްކުމުގެ ހުރިހާ މުއާމަލާތެއްވެސް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ހިންގުމަށް ހުރިހާ ވިޔަފާރިތަކަށް ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ބޭރު ފައިސާގެ މާކެޓު ހަމަމަގަށް އެޅުވުމަށާއި ގަވާއިދާ ޚިލާފަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.








