



.jpg?w=3840&q=75)




ކުލަބް އެޗްޑީސީ އާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަަށްފަހު 3-2 ގެ ނަތީޖާއަކުން އެޗްޑީސީ ބަލިކޮށް ބަކީ އެއްމެޗު އޮއްްވައި ޕޮލިސް ކުލަބުން ގައުމީ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ ދެމެޗުގައި އެމްޓީސީސީ އަދި ކުލަބު ލަޔަން ރެކްރިއޭޝަން ކުލަބު އަތުން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، ކުލަބު އެޗްޑީސީގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން އެމްޓީސީސީ ބަލިކޮށްފައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 33-31 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 29-27 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޗްޑީސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓް 23-25 ގެ ނަތީޖާއަކުން ޕޮލިސް ކުލަބުން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ހަތަރުވަނަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޗްޑީސީ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.
މީއާއެކު މެޗުގެ ނަތީޖާ ނެރުމަށްކުޅު ފަސްވަނަ ސެޓް ފަސޭހަކަމާއެކު 9-15 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ އަންދްރޭ ވަސިލެންކޯ އެވެ.
މިނަތީޖާއެކު ލީގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އަށް ޕޮއިންޓް ލިބިފައިވާއިރު، ބީކީ އެއްމެޗު އޮއްވައި ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް އެޓީމަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި އެޗްޑީސީއަށް ލީގުގައި ކުޅުނު ދެމެޗުން މިހާތަނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.








.jpg?w=3840&q=75)