








އަވަށްޓެރި އިންޑިއާގެ ޕޮލިސް އެކަޑަމީގައި ކުރިއަށް ގެންދިޔަ ބައިނަލްއަޤްވާމީ ތަމްރީނު ކޯސް ދިވެހި 5 ފުލުހަކު ފުރިހަމަކޮށްފިއެވެ.
އިންޑިއާގެ ހައިދަރު އާބާދުގައި ހުންނަ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ، އެސްވީޕީއެންޕީއޭގެ ފުލުހުންގެ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ބައިވެރިވެ ވަޑައިގެންފައެވެ.މިރަސްމިއްޔާތުގައި ކޮމިޝަނަރ ބައިވެރިވެ ވަޑައިގެންފައިވަނީ، އެސްވީޕީއެންޕީއޭގެ ރަސްމީ ދަޢުވަތަކަށެވެ. މިއީ، އެ އެކަޑަމީގެ 78 ވަނަ އިންޑިއަން ޕޮލިސް ސަރވިސް ޓްރޭނިންގ ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތެވެ.
ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 5 އޮފިސަރަކު ވަނީ، ކާމިޔާބުކަމާއެކު މި ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ފިރިހެން 4 އޮފިސަރުންނާއި އަންހެން އޮފިސަރަކުވެސް ހިމެނެއެވެ.
މި ދަތުރުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، އިންޑިއާގެ ޔޫނިއަން ހޯމް ސެކްރެޓަރީ ޝްރީ ގޯވިންދު މޯހަން އަދި އެސްވީޕީއެންޕީއޭގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި އިޙުތިރާމް ރަމްޒުކޮށްދިނުމުގެ ގޮތުން މި ބައްދަލުކުރެއްވުމުގައި ހަނދާނީ ފިލާ ވަނީ ބަދަލުކުރައްވާފައެވެ.
އެސްވީޕީއެންޕީއޭއަށް ކުރެއްވި މި ރަސްމީ ޒިޔާރަތުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، އެ އެކަޑަމީގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ބައްދަލުކުރައްވާފައެވެ.






.jpeg?w=3840&q=75)
.jpg?w=3840&q=75)
