



.jpg?w=3840&q=75)


.jpg?w=3840&q=75)
ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގާ ސައިކަލަކުން ޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖު ހައިވޭގައި ރޭ ފަތިހު ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ފަތިހު 4:29 ހާއިރު ކަމަށާއި މިއީ މާލެއިން ހުޅުމާލެއާ ދިމާއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސައިކަލް ގޮސް ޖެހުނީ އެ ވަގުތު ހައިވޭގައި ހުރި ފުލުހެއްގެ ގައިގާ ކަމަށާއި އަނިޔާ ލިބުނު ފުލުހާ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގައި ފުލުހުން ބުނެއެވެ.
އެހެންނަމަވެސް އަނިޔާވި ފުލުސް އޮފިސަރަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ ހައިވޭގައި އެ ވަގުތު ތިބި ފުލުހުން އެ ސައިކަލް ހުއްޓުވާފައިވާ ކަމަށެވެ.




.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)
.jpeg?w=3840&q=75)