

.jpeg?w=3840&q=75)



.jpeg?w=3840&q=75)

ހުޅުމާލެ ޕޮލިސް ސްޓޭޝަން
ބަޔަކު ބަޑިއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، ފުލުހުންކުރި މަސައްކަތުން އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަމާއި، ވީޑިއޯގައި ހިމެނޭ ކާރަކީ ކުއްޔަށްދޫކުރާ ކާރެއްކަން ފުލުހުން ކަށަވަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުވެފައިވާއިރު، މި ވީޑިއޯއަކީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާކަމެއްގެ ވީޑިއޯއެއްކަން ދެނެގަނެވިފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައިވާއިރު، އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ބުނެފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިކަމާއި ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


.jpeg?w=3840&q=75)


.jpeg?w=3840&q=75)
.jpeg?w=3840&q=75)
