








ޓޮމް ކްރޫޒްގެ އައު ފިލްމުގެ ޕްރިމިއަރގައި ޝާހީ އާއިލާގެ ތާރީޚީ ގަހަނާތަކާއެކު ކޭޓް
ޓޮމް ކްރޫޒްގެ އައު ފިލްމު "ޑިގަރ" ގެ ވޯލްޑް ޕްރިމިއަރގައި، އިނގިރޭސިވިލާތުގެ ޕްރިންސެސް އޮފް ވޭލްސް ކޭޓް މިޑްލްޓަން ބޭނުންކޮށްފައި ހުރި، ޝާހީ އާއިލާގެ ތާރީޚީ ގަހަނާތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެެވެ.
ލަންޑަންގެ ލެސްޓަރ ސްކުއެއަރގައި އޮތް މި ރެޑް ކާޕެޓް އިވެންޓުގައި ކޭޓް ބައިވެރިވީ ޕްރިންސް ވިލިއަމް އާއެކުގައެވެ.
މި އިވެންޓަށް ކޭޓް ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރ ޖެނީ ޕެކްހަމް ފަރުމާކޮށްފައިވާ ދަނބު ކުލައިގެ ވަރަށް ހިތްގައިމު ދިގު ހެދުމެކެވެ. ނަމަވެސް ގިނަ ބައެއްގެ ލޯތައް ބޮޑަށް އަމާޒުވީ ކޭޓް ބޭނުންކޮށްފައިވާ ގަހަނާތަކަށެވެ.
އެގޮތުން ކޭޓްގެ ކަންފަތުގައި ލާފައި ހުރި ޕަރލް ޑްރޮޕް ކަންފަތު ލާ އެއްޗަކީ، ޕްރިންސެސް ޑަޔާނާއަށް 1981 ވަނަ އަހަރު ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގެންނެވި ކަންފަތު ލާ އެއްޗެކެވެ.
މީގެ އިތުރުން ކޭޓްގެ ކަރުގައި އަޅާފައިވާ ފަށަކީވެސް 103 އަހަރުވީ ތާރީޚީ ފަށެކެވެ. "އެމެތިސްޓް ސޯޓޮއަރ ނެކްލަސް" ގެ ނަމުން ނަންދެވިފައިވާ މި ފަށަކީ 1923 ވަނަ އަހަރު ކުއީން އެލެކްޒެންޑްރާ، އެލިޒަބަތު ބޯވްސް-ލިޔޯން ގެ ކައިވެންޏަށް ހަދިޔާކުރެއްވި ފަށެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ޑިގަރ" ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު 2 ވަނަ ދުވަހުއެވެ.




