.jpg?w=3840&q=75)








-
ހުޅުމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަރާމާތުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ކާމިލް ދީދީ ޕްރީ ސްކޫލް ކުރިމަތީ އަލަށް ތަރައްޤީކުރަމުންދާ މަގުގެ ޕޭވްމަންޓް ހެދުމާއި، ޓެކްޓައިލް ގާ އެޅުމުގެ ޢަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެޗްޑީސީން މަޢުލޫމާތު ދިން ގޮތުގައި، މި މަގު ފަރުމާކުރެވެމުން ދަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ހިނގާބިނގާވެ އުޅުމަށް މަގުފަހިވާނޭހެން، ބޭނުންތެރި ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އަދި ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ އެ މަގު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އަވަހަށް ނިންމައި، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ޢާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ.
ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުތައް 6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމުމަށް އެޗްޑީސީން ވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ޙަވާލުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ޙަވާލުކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
މި މަޝްރޫޢު ނިމުމުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ސްކޫލުތަކަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
.jpg?w=3840&q=75)






