.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ދިވެހިރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ ކޮންޓްރޯލްކުރުމަށްޓަކައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 2026 އޮގަސްޓް 2 އިން 6 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގައި ކްލާސްރޫމް ތިއަރީ ސެޝަންތަކުގެ އިތުރުން ޢަމަލީ ތަމްރީނުތައްވެސް ކުރިއަށްދާނެއެވެ.
މި ތަމްރީނުތައް ނަގައިދެނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ އިދާރީގޮތުން ކޮންޓްރޯލްކުރުމުގެ ޒަމާނީ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރުއްގަސްތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
.jpeg?w=3840&q=75)






