
ވީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް، ސައިދު އާސިމް މުނީރާއި، ޕާކިސްތާނުގެ ރާވަލްޕިންޑީގައި ބޭއްވި ބައްދަލުކުރެއްވުމުގަ
ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރަނީ ބިނާކުރަނިވި ދައުރެއްކަން ފާހަގަކުރައްވާ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުުއްރަޙީމް ޢަބްދުﷲ ތައުރީފްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދު ﷲ މިހެން ވިދާޅުވީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް، ސައިދު އާސިމް މުނީރާއި، ޕާކިސްތާނުގެ ރާވަލްޕިންޑީގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.
މީގެ އިތުރުން އަބްދުލްރަޙީމް އަބްދު ﷲ ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުންކޮށް، ދެ ފަރާތުން ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފީލްޑް މާޝަލް، ސައިދު އާސިމް މުނީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު އޮންނަ އަޚުވަންތަ ގުޅުމަށް ޕާކިސްތާނުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި އެވެ.

-1790261966339.jpeg?w=3840&q=75)




-1790261966339.jpeg?w=3840&q=75)







.jpg?w=3840&q=75)
