.png?w=3840&q=75)





.jpeg?w=3840&q=75)


-
ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތައް ކާމިޔާބުކަމާއެކު ނިންމި 113 ދަރިވަރަކު ދަސްވެނިވެ، ސަނަދު ޙާޞިލުކޮށްފިއެވެ.
މި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ (10 އޮކްޓޫބަރު 2026) އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހޯދި އަގުހުރި ޢިލްމީ ކާމިޔާބީތައް ފާހަގަކުރައްވައި، އެ ދަރިވަރުންގެ މަސައްކަތުގެ އަގުވަޒަންކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންގެ ތަފްޞީލު:
މި ރަސްމިއްޔާތުގައި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ. އަދި ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ފެންވަރު ރަނގަޅު ޤުރްއާން މުދައްރިސުން އުފެއްދުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ޤާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ހަމައެއާއެކު، އިސްލާމީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުތަކަށް މިއީ ލިބިގެންދިޔަ މުހިންމު ބާރެކެވެ.
.png?w=3840&q=75)







