








Keerithi-Quruan-behey-Qaumee-Marukazu-e1597734006919
ތައުލީމީދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއެކު ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް ބޮޑުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް "ދައުލަތުގެ ޕޭ ފްރޭމް ވޯކް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލުގެނެސް މިމަހު 1 ވަނަ ދުވަހު އެކަން އިއުލާނު ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އެވެ.




