

.jpeg?w=3840&q=75)



.jpeg?w=3840&q=75)


ސެލީން ޑިއޯން
6 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ފްރާންސްގައި ބޭއްވި ޝޯތަކަކާއެކު ސްޓޭޖަށް އެނބުރި އައިސްފިއެވެ.
މި ޝޯތައް ފެށުމުގެ ގޮތުން އޭނާ ވަނީ 500 ކެރެޓަށްވުރެ ބޮޑު 'ބޫޝެރޯން' ބްރޭންޑްގެ އަގުބޮޑު ފަށެއް އަޅާފައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، ސެލީން ބުނީ މި ޖަވާހިރުތަކަކީ އޭނާއަށް ވަރަށް ޚާއްޞަ އަދި ޖަޒުބާތީ އެއްޗެއް ކަމަށެވެ. ސަބަބަކީ، 21 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު 2016 ވަނަ އަހަރު މަރުވެފައިވާ އޭނާގެ ފިރިމީހާ ރެނޭ އެންޖެލިލް އަކީ އަބަދުވެސް ބޫޝެރޯން ބްރޭންޑްގެ ސެންޓު ޖަހާ މީހަކަށް ވުމުން، މި ފަށް އެޅުމުން ފިރިމީހާ އަދިވެސް އޭނާއާއެކު ވާކަމުގެ އިހުސާސް ކުރެވޭތީއެވެ.
"މިއީ މީގެ ކުރިން އެއްވެސް މީހަކު އަޅާފައިވާ ފަށެއް ނޫން. މިއީ ހަމަ ރެނޭ ފަދައިން ވަރަށް ތަފާތު ޔުނީކް އެއްޗެއް،" ސެލީން ބުންޏެވެ.
ސެލީންއަށް ޖެހިފައިވާ ނާރުގެ ބައްޔެއް ކަމަށްވާ 'ސްޓިފް-ޕާސަން ސިންޑްރޯމް' ގެ ސަބަބުންނާއި ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އޭނާ ލައިވް ޝޯތަކާ ދުރުގައި ހުންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.
އާ ބޭސްތަކަކާއި ގިނަ ފަރުވާތަކަކަށްފަހު ސެޕްޓެމްބަރ 12 ގައި އޭނާ އެނބުރި އައިސް ދިން މި ފުރަތަމަ ފުލް ޝޯގައި، އޭނާ ވަނީ ސަޕޯޓަރުން ދިން ލޯތްބާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.


.jpeg?w=3840&q=75)





