.jpeg?w=3840&q=75)



.jpeg?w=3840&q=75)




2023 ގައި ހިނގި ޓައިޓަން ސަބްމެރިންގެ ހާދިސާގައި މަރުވި ފިރިމީހާ ޝަހްޒާދާ އަދި ދަރިފުޅު ސުލައިމާން އާއިއެކު ކްރިސްޓީން
2023 ވަނަ އަހަރު ޓައިޓޭނިކް ފެތިފައިވާ ސަރަހައްދު ބަލާލުމަށް ދިޔަ 'ޓައިޓަން' ސަބްމެރިން ގޮވައި، ފިރިމީހާ ޝަހްޒާދާ ދާވޫދު އަދި 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާވޫދު ގެއްލިގެން ދިޔުމުގެ ހިތާމައިގައި ކްރިސްޓީން ދާވޫދު ދަނީ އަދިވެސް އުޅެމުންނެވެ.
ނަމަވެސް، ފަހަތަށް ބަލައި އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ބަދަލުގައި އޭނާ މިވަނީ އެ ހާދިސާގެ އަސަރުގަދަ ވާހަކަތައް އާންމުކޮށްފައެވެ.
ޕީޕަލް މެގަޒިންއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ކްރިސްޓީން ބުނީ، އޭނާ ސަބްމެރިންގެ ޖާގަ ދޫކޮށްލީ ފިރިމީހާއި ދަރިފުޅު އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
މި ހިތްދަތި ހާދިސާއާއި، އޭގެ ފަހުން ޚަބަރެއްގެ އިންތިޒާރުގައި ހޭދަކުރި 96 ގަޑިއިރުގެ ވާހަކަތައް ހިމަނައިގެން އޭނާ ވަނީ "ނައިންޓީ-ސިކްސް އަވާސް" ގެ ނަމުގައި ފޮތެއް ނެރެފައެވެ.
ކްރިސްޓީން ސިފަކުރާ ގޮތުގައި މި ފޮތަކީ ހަމައެކަނި ލިބުނު ހިތާމައިގެ ވާހަކައެއް ނޫނެވެ. މިއީ އޭނާގެ ފިރިމީހާ އާއި ދަރިފުޅަށް ލިޔުނު ލޯބީގެ ސިޓީއެއް ފަދަ ފޮތެކެވެ.
ސަބްމެރިން ގެއްލިގެން ހޯދަމުންދިޔަ ދިގު އިންތިޒާރުގެ ވަގުތުތަކުގައި ވެސް، އެމީހުން ސަލާމަތުން ތިބޭނެކަމުގެ އުންމީދުގައި ކްރިސްޓީން ހުއްޓެވެ.
ކްރިސްޓީން ގަބޫލުކުރާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތަކީ އެމީހުން ޓައިޓޭނިކްއާ ވަރަށް ގާތަށް ގޮސް އެކަމާ އުފާފާޅުކުރަމުން ދިޔަ ވަގުތަކަށް ވާނެއެވެ.
މިހާރު ކްރިސްޓީން ދަނީ ފިރިމީހާ އާއި ދަރިފުޅުގެ ހަނދާނުގައި ފައުންޑޭޝަނެއް އުފައްދައި، ހިތާމައާއި ޓްރޯމާއިން އަރައިގަތުމަށް އެހީތެރިވެދޭ މަރުކަޒެއް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ފޮތުން ލިބޭ އާމްދަނީ ވެސް ހަދިޔާކުރުމަށް ނިންމާފައިވަނީ މި ފައުންޑޭޝަނަށެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



