
.jpeg?w=3840&q=75)



.jpeg?w=3840&q=75)


.jpeg?w=1920&q=75)
ރާއްޖޭގެ ދެ ސަރަހައްދެއްގައި ހިތާމަވެރި އިތުރު ދެ ހާދިސާއެއް ހިނގައިފިއެވެ.
އެގޮތުން ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައި ބުނެއެވެ.
މީގެއިތުރުން ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންނަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

.jpeg?w=3840&q=75)



.jpeg?w=3840&q=75)

