
.jpeg?w=3840&q=75)


.jpg?w=3840&q=75)



.jpeg?w=1920&q=75)
މާދަމާ ފެށޭ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވާނެކަން އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ މިފަހަރު ހާއްސަކުރެވިފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީ އަށް ކަމަށެވެ.
އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ސުޕާމާކެޓްއިން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަނެއް ހުންނާނެ ކަމަށާއި އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހު ވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭލިބިގެންދާނެ ކަމަށް ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯ އިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު ސްޓޯލްއިން ފޯރުކޮށްދޭނެ ކަމަށާއި އާ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކުރާނެ ކަމަށް ވެސް ބުނެއެވެ. މިބްރޭންޑް ތައާރަފް ކުރާނީ މި އެގްޒިބިޝަންގެ ދެވަނަ ދުވަހު ކަމަށާއި މި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތު ވެސް އެސްޓީއޯ ސްޓޯލްއިން ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.
އެސްޓީއޯ ސްޓޯލްގައި އެސްޓީއޯގެ އެނާޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެސް.ޓީ.އޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތްގޮތްބަލާނެއެވެ.
މީގެ އިތުރުން އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ. އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހޮޓެލް އޭޝިއާ 2026 ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 30 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
.jpeg?w=3840&q=75)
.jpeg?w=3840&q=75)



.jpeg?w=3840&q=75)


.jpg?w=3840&q=75)