

.jpeg?w=3840&q=75)
.jpg?w=3840&q=75)




.jpeg?w=3840&q=75)
ރާއްޖޭގެ ދެކުނުގައި އެސްޓީއޯގެ ވަޒީފާގައިއުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ އެސްޓީއޯ ދެކުނު ފޯރި މިއަހަރު ވެސް ބާއްވައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި 6 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި އިވެންޓުގައި ރެކްރީޝަނަލް ހަރަކާތްތަކުގެ ތެރެއިން މުބާރާތްތަކާ ސްޓާފުންނަށް ޓްރެއިނިންގ ވެސް ވަނީ ހިންގާފައެވެ.
ރެކްރީޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފަސްޓީމްގެ މައްޗަށް ބަހާލައިގެން ޕޮއިންޓް ދީގެން އެންމެ މޮޅު ޓީމް ހޮވާ ގޮތަށެވެ. އެގޮތުން ވޮލީބޯޅަ، ޗެސް، ބެޑްމިންޓަން ،ޓީޓީ އަދި ކެރަމް މުބާރާތްވެސް ވަނީ ބާއްވާފައެވެ. އަދި މި މުބާރާތްތަކުން 1 ވަނަ ދެވަނަ އަދި ތިންވަނަ ޓީމްވެސް ވަނީ ހޮވާފައެވެ.
ދެކުނު ފޯރީގައި ބައިވެރިވި ސްޓާފުންނަށް ހާއްސަކޮށްގެން ހިންގުނު ޓްރެއިނިންތަކުގެ ތެރޭގައި ފަސްޓް އެއިޑް ޓްރެއިނިންގެ އާއި، ފައަރ އެވެއާރނަސް ޓްރެއިނިންގ ،ފޯނުން މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި ޓީމް ބިލްޑިންގ ،އަދި މަސައްކަތުގެ މާހައުލުގައި ޖިންސީފުރައްސާރައިން ރައްކާތެރިވުމާބެހޭ ޓްރެއިނިންގތައް ވަނީ ސްޓާފުންނަށް ދީފައެވެ.
މިއަހަރުގެ ދެކުފޯޜީގައި ބައިވެރިވެފައިވަނީ އެސްޓީއޯގެ ލާމު އަތޮޅު ފޮނަދޫ ، ފުވައްމުލަކު، ގދ ތިނަދޫ ސިޓީ، ހުޅުމީދޫ އަދި އައްޑޫސިޓީގެ މުވައްޒަފުންނެވެ.
ދެކުނު ފޯރި 2026 ނިންމުމަށްޓަކއި ހާއްސަ ޑިނަރ ނައިޓްވެސް ވަނީ ބާއްވާފައެވެ. މި ޑިނަރ ނައިޓްގައި އެސްޓީއޯގެ އެމްޑީގެ އިތުރުން އެސްޓީއޯގެ ބައެއް އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ. އަދި މި ދެކުނު ފޯރީގައި ކުރިއަށް ގެންދިޔަ މުބާރާއްތަކުގެ ވަނަތަކަށް ދިޔަ ގްރޫޕްތަކަށް ވަނީ އިނާ ދީފައެވެ.
މި އިވެންޓަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް ސްޓޯކްގެ އިސްނެގުމުގެ ދަށުން އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި އިވެންޓް ބޭއްވުމުގެ މަޤްސަދަކި ރާޢްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ އެސްޓީއޯގެ މުވައްޒަފުން އެއްތާކުން ބައްދަލުވެ ގުޅުން ރަނގަޅުކޮށް އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކޮށް ތަމްރީނާޤްބިލްކަށް މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)
