

.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)




އައްޑޫ ލިންކް ރޯޑް 4 ލޭނަށް ފުޅާކުރުމުގެ މަޝްރޫއު ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި
އައްޑޫ ސިޓީ ލިންކް ރޯޑް އަލުން ތަރައްގީކޮށް 4 ލޭނަށް ފުޅާކުރުމުގެ މަޝްރޫއު ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް އަކީ ޑިޒައިން އެންޑް ބިލްޑް މަސައްކަތްކުރާ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ސޮއިކުރެއްވިއިރު ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
މި އެއްބަސްވުމުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކުރުމާއެކު، ޖުމްލަ 12.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުން ނުވަތަ ގައު އަތުރައިގެން މަގު ހެދުން ހިމެނެ އެވެ. މީގެއިތުރުން، ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ހިނގާ މީހުންނަށް ރައްކާތެރި ދުވާރުތައް ހެދުމުގެ އިތުރުން މަގުމަތީގެ ސަލާމަތީ ނިޝާންތަކާއި ޓްރެފިކް ބޯޑުތައް ހަރުކުރުން ވެސް މި މަސައްކަތުގެ ދަށުން ކުރިއަށްދާނެ އެވެ.
ހިތަދޫން ފެށިގެން ގަމާ ހަމައަށް އޮންނަ 16 ކިލޯމީޓަރުގެ ދިގު ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރު ބިނާކުރަން ފަށައި، 2003 ވަނަ އަހަރުން ފެށިގެން އައްޑޫގެ ރައްޔިތުން ބޭނުންކުރަމުން އަންނަ މުހިންމު މަގެކެވެ.


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)