
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީއިން ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް ފެށުމަށް ހަމަޖެހިއްޖެއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ 22 އޮކްޓޫބަރު 2026 ގައި މިކަން ފެށުމަށް ހަމަޖެހިފައިވާއިރު، މިގޮތުން، މީޓަރ ރީޑިންގ ނެގުމަށްޓަކައި، ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށެވެ.
ވީމާ، މި މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، މި ކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އެދިލައްވާފައެވެ.
.ޑަބްލިޔު.އެސް.ސީއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރައްވައި އެކައުންޓް ރަޖިސްޓްރީ ކުރެއްވުމަށް ވެސް އެދިފައި ވެއެވެ.
އެމްޑަބްލިއުއެސްސީ އެޕް ޑައުންލޯޑްކުރެއްވުމަށް:
އެންޑްރޮއިޑް:
https://play.google.com/store/apps/details?id=mv.com.mwsc.portal
އައި.އޯ.އެސް:
https://apps.apple.com/mv/app/mwsc/id1273369072
ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މި މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށާއި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވައި ޚަލާޞްކުރެއްވުމަށް އެންމެހައި ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކުގައި ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތައް މިހާރު ވަނީ ޤާއިމުކުރެވިފައެވެ:
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް އައްޑޫ ސިޓީ ބްރާންޗް: ހިރިޔާ މަގު، ފޭދޫ
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް ފުވައްމުލައް ސިޓީ ބްރާންޗް: ނައިބުތުއްތު ހިނގުން، މިސްކިތް މަގު
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކުންފުނީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުއްވުމުން ނުވަތަ އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.


.png?w=3840&q=75)




.png?w=3840&q=75)







