






.jpg?w=3840&q=75)
.jpg?w=3840&q=75)
"ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ގެ އާ ލަވަ "މުސްކުރާ ދޯ" ގައި ލަކީ އަލީގެ ހިތްގައިމު އަޑުން އާއިލީ ލޯތްބާއި ގުޅުން ވަރަށް ފުރިހަމައަށް ފެނިގެންދޭ.
ކާމިޔާބު ފިލްމު ފްރެންޗައިޒްގެ އެންމެ ފަހުގެ ބައި "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ގެ އާ ލަވަ 'މުސްކުރާ ދޯ' ރިލީޒްކޮށްފިއެވެ.
މި ފިލްމުގެ ފުރަތަމަ ލަވަ ކަމަށްވާ 'ވިންގާންސާ' ގެ ވަރުގަދަ އަދި ސީރިއަސް މޫޑަށްފަހު، މިފަހަރު ނެރެފައިވަނީ އާއިލީ ލޯތްބާއި ގުޅުންތައް ދައްކުވައިދޭ ވަރަށް އަސަރުގަދަ، ހިތްގައިމު ލަވައެކެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަކީ އަލީގެ ޖާދުވީ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ރޯޗަކް ކޯލީއެވެ. އަދި ޅެން ލިޔެފައިވަނީ މަނޯޖް މުންތަޝިރް އެވެ.
މިއީ ލަކީ އަލީގެ އަޑުން އަޖޭ ދޭވްގަންގެ ފިލްމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރެވެ.
މި ލަވައިން ސަލްގާއޯންކަރް އާއިލާގެ މެދުގައި އޮންނަ ގުޅުމާއި، އެމީހުން އެކަކު އަނެކަކަށްޓަކައި ވާ ލޯބި އަދި އާއިލާއަށްޓަކައި ކޮށްދޭން ތައްޔާރަށް ތިބި ކަންތައްތައް ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.
އަބީޝެކް ޕާތަކް ޑައިރެކްޓްކޮށް، އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.




