





.jpg?w=3840&q=75)


އަދިތްޔާ ދަރް އާއި ޔާމީ ގޯތަމް
އިންޑިއާގެ 72 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި މަޝްހޫރު ފިލްމު އުފައްދާ ފަރާތް އަދިތްޔާ ދާރް އާއި އޭނާގެ އަންހެނުން، ބަތަލާ ޔާމީ ގޯތަމް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ގުޖުރާތުގެ ކެވާޑިއާގައި ބޭއްވި މި ރަސްމިއްޔާތުގައި މި ދެމަފިރިންގެ 2024 ވަނަ އަހަރުގެ ފިލްމު "އާޓިކަލް 370" ވަނީ މުހިންމު ތިން އެވޯޑެއް ހާސިލުކޮށްފައެވެ.
މި ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ފީޗަރ ފިލްމު (ޕްރޮޑިއުސަރ އަދިތްޔާ ދާރް އަށް)، އެންމެ މޮޅު ބަތަލާ (ޔާމީ ގޯތަމް އަށް)، އަދި އެންމެ މޮޅު މިއުޒިކް ޑައިރެކްޝަން (ޝާޝްވަތު ސަޗްދޭވް އަށް) ހިމެނެއެވެ.
ރެޑް ކާޕެޓްގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދިޔަ އަދިތްޔާގެ ބްލޮކްބަސްޓަރ ފިލްމު "ދުރަންދަރ" އާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ މިއަދަކީ "އާޓިކަލް 370" ގެ ދުވަސް ކަމަށެވެ. "އަހަރެމެން މިއަދު މިތިބީ އާޓިކަލް 370 އަށްޓަކައި. ދުރަންދަރ އާ ގުޅޭގޮތުން ވާހަކަދައްކާނީ އަންނަ އަހަރުވެސް މި އެވޯޑަށް އާދެވިއްޖެނަމަ،" އަދިތްޔާ ބުންޏެވެ. 2025 ގައި ރިލީޒްކުރި "ދުރަންދަރ" އަކީ 2027 ގެ ނޭޝަނަލް ފިލްމު އެވޯޑްސްއަށް ޝަރުތުހަމަވާ ފިލްމެކެވެ.
ފުރަތަމަ ފަހަރަށް ނޭޝަނަލް އެވޯޑެއް ލިބުމުން ލިބުނު އުފާ ފާޅުކުރަމުން ޔާމީ ބުނީ މިއީ ކޮންމެ ފަންނާނަކަށްވެސް ލިބޭނެ އެންމެ ބޮޑު ޝަރަފު ކަމަށެވެ.




