








ފްރީޑާ އާއި ސިދާރްތްގެ އައު ފިލްމު ޑިސެމްބަރުގައި
ނެޓްފްލިކްސްގެ އައު ޕްރޮޖެކްޓް "އަންއެކަސްޓަމްޑް އާރތް" ގެ ފުރަތަމަ ލުކް އާންމުކޮށްފިއެވެ.
މަޝްހޫރު ބަތަލާ ފްރީޑާ ޕިންޓޯ އާއި ސައުތު އަދި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ސިދާރްތް ލީޑު ރޯލުން ފެނިގެންދާ މި އުފެއްދުން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި ފިލްމަކީ ނެޓްފްލިކްސްގެ ވަރަށް ޚާއްސަ އޮރިޖިނަލް އުފެއްދުމަކަށްވާއިރު، ފްރީޑާ އަދި ސިދާރްތް އެކުގައި ސްކްރީނުން ފެނިގެންދާނެތީ ފޭނުން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.
ދާދި ފަހުން އާންމުކުރި ފަސްޓް ލުކް އިން ފިލްމުގެ އަސަރުގަދަ އަދި ޝައުގުވެރި މަންޒަރުތަކެއްގެ އިޝާރާތެއް ލިބިގެންދާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ވަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފުރިހަމަ އުފެއްދުމަކަށް ވާނެއެވެ.




